އައްޑޫސިޓީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ސ މަރަދޫ، ކުރެދުމާގެ މުހައްމަދު ނައީޝް (18އ) ހޯދުމަށް490 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބާލާފައިވާ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯރތު ސްކޮޑްރަންއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކަނޑުމަގުން 490 ސްކޮޔަރ ނޯޓިކަލް މޭލު ބާލާފައިވާއިރު، ވައިގެމަގުން 23.46 ސްކޮޔަރ ނޯޓިކަލް މޭލު އަދި
ޑައިވިިން ކޮށްގެން 1 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
އެގޮތުން މި އޮޕަރޭޝަނުގައި ގަމުގެ ފުއްޓަރު ފަރާތް ބަލާ ހޯދުމަށް ހުކުރު ދުވަހު ހެނދުނު 10:25 އިން ފެށިގެން ދިވެހި ސިފައިންގެ ޑައިވަރުންގެ ޓީމެއް ވެސް ހަރަކާތްތެރިވަމުން އަންނަ ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.
ނައީޝްހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ނައީޝް ގެއްލުނު ކަމަށް ބުނާ ސަރަހައްދަކީ މީގެ ކުރިން ވެސް އެކި އައްޑޫ ސިޓީ މަރަދޫ އަދި ފޭދޫން ވެސް ގިނަ ބަޔަކު ގެއްލިފައިވާ ތަނެކެވެ. ބުނެވޭ ގޮތުގައި އެ ތަނަކީ ވަރަށް ނުރައްކާތެރި އޮއެވަރެއް އުފެދޭ ސަރަހައްދެކެވެ.

