ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދު ކަމުގައިވާ ފުށިދިއްގަރު ފަޅު ( ރަސްމާލެ ) ހިއްކުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށް ތިނަދޫ ސިޓީ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައެވެ. ސައުދު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރައްތައް ތަރައްޤީނުކޮށް ދަރަނިވެރިވެފައިވާ ގައުމު އިތުރައް ދަރަނިވެރިކޮށް “ދުށިދިއްގަރު ފަޅު ” ހިއްކުން މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި އެކަމަށް ޚަރަދުކުރުމަށް ކަނޑައެޅިފައިސާ ރާއްޖޭގެ ރައްތައް ތަރައްޤީ ކުރަންޖެހޭ ކަމަށްވެސް ސައުދު އަލީ ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރައްތައް ތަރައްޤީނުކޮށް ދަރަނިވެރިވެފައިވާ ގައުމު އިތުރައް ދަރަނިވެރިކޮށް “ދުށިދިއްގަރު ފަޅު ” ހިއްކުން މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން.
އެކަމަށް ޚަރަދުކުރުމަށް ކަނޑައެޅިފައިސާ ރާއްޖޭގެ ރައްތައް ތަރައްޤީ ކުރަންޖެހޭ-ސައުދު-
ރަސްމާލެ ހިއްކުން 18 ޑިސެމްބަރ 2023 ގައި ފެށިފަހުން މިއަދަށް 6 ދުވަސް ވީއިރު މިހާތަނަށް ވަނީ 10 ހެކްޓަރުގެ ބިން ހިއްކާފައެވެ.

