މަސްދޯންޏަކުން ޑައިވިންނަށް ދިޔަ ބިދޭސީއަކު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މީހެކެވެ. ނިޔާވެފައި ވަނީ ގއ ވިލިނގިލީ ފަހިމަގު 303 ދޯނިން މަހަށްދާ މީހެކެވެ.

މިކަން މި ނޫހަށް ވަނީ " ކަށަވަރު " ވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ސައިދުލް އިސްލާމްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައި އިރު ވެސް ވަނީ ނިޔާވެފައެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ގއ ދާންދޫ ކައުންސިލް ގެ ރައީސް އާސިފް ވިދާޅުވީ މަސްދޯންޏަކުން މަހަށް ދިޔަ ފަޅުވެރިޔަކު އެމަޖެންސީ ގައި އެރަށު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.
އަދި މިހާރު ފުލުހުން މިކަމުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އިތުރު މައުލޫމާތު ފުލުހުން ހާމަކުރައްވާނޭ ކަމަށެވެ.

