އައު އަހަރު ފާހަގަކުރުމަށް މާލެ ސިޓީ ހިމެނޭހެން ރާއްޖޭގައި މީހުން ދިރިއުޅޭ 5 ރަށެއްގެ އިތުރުން 85 ރިސޯޓް ގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.
ހަވާ އެރުވުމަށް ހަމަޖެހިފައިވާ މީހުން ދިރިއުޅޭ ރަށްތައް:
= މާލެ ސިޓީ
= ކ މާފުށި
= ކ ތުލުސްދީ
= ކ ދިއްފުށި
= އއ ތޮއްޑޫ
އައު އަހަރު ފެށުން މާލެ ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމަށް "ދިވެހިންގެ ރާއްޖެ ފެސްޓިވަލް"ގެ ނަމުގައި ޔޫތު މިނިސްޓްރީން ވަނީ ހަރަކާތެއް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މި ފެސްޓިވަލްގައި ހަވާ އެރުވުމާއި ލޭޒާ ޝޯއާއެކު، މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް ޔޫތު މިނިސްޓްރީންވަނީ ނިންމާފައެވެ.
ޔޫތު މިނިސްޓަރު އިބްރާހިމް ވަޙީދު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މިހަރަކާތްތައް ކުރިއަށްދާނީ ހުރިހާ އުމުރު ފުރައަކަށް އަމާޒްކޮށްގެން އެންމެންނަށް ބައިވެރިވެވޭގޮތަށް ކަަމަށެވެ.
" ވަރަށް ކުލަގަދަކޮށް އޮންނާނީ، ވަރަށް ގިނަ އިވެންޓުތައް އޮންނާނެ، ފެސްޓިވަލް ހަވީރު ފެށޭނީ، ރޭގަނޑު ހަވާ އަދި ލޭޒާ ޝޯ އަކާ އާޓިސްޓުންގެ ހުނަރުތައް ދައްކާލުން އޮންނާނެ،" އިބްރާހީމް ވިދާޅުވިއެވެ.
ހަވަޔާއި ބަޑިބޭހުގެ ކުޅިވަރުތަކަކީ ގިނަ ބައެއްގެ ޝަޢުގު އެކަމަކަށް އޮންނަ ހަރަކާތް ތަކެކެވެ. ހަވާއެރުވުމާގުޅޭ ފަރިތަކުރުންތަކެއް ރޭވަނީ ހުޅުމާލޭގައި ބާއްވާފައެވެ.

