އާ ޕާކިން ސްލޮޓްތައް ތަރައްގީކުރުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވަނީ ސުޕަ ޕީކް ޖެޓް އެރައިވަލްތަކަށް ތައްޔާރުވެއްޖެ އެވެ.
ވިންޓާ ސުޕަ ޕީކަށް ތައްޔާރުވުމުގެ ގޮތުން ވީއައިއޭ އިން ވަނީ އަލަށް ތަރައްގީކުރި ޕާކިން ސްލޮޓް (ރޭމްޕް އޭރިއާ) ގެ ބޭނުން ހިފައި ޖުމްލަ 68 ޖެޓް ޖެއްސޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ކާމިޔާބީއަކީ ޖެނެރަލް އޭވިއޭޝަންގެ މަތިންދާބޯޓުތަކަށް އަލަށް ކަނޑައެޅި ޕާކިން އޭރިއާތަކުގެ ސަބަބުން ގެނެވުނު އެފިޝަންސީ އާއި ކެޕޭސިޓީ އިތުރުކުރުމުގެ ހެއްކެކެވެ.
އާ ޕާކިން ސްލޮޓްތައް ތަރައްގީ ކުރުމުގެ ކުރިން ވީއައިއޭގައި 39 މަތިންދާ ބޯޓު ބޭއްވޭނެއެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލާއި އެކު ފިއުލް ފާމް ކުރިމަތީގައި އަދި ހުޅަނގު ދެކުނު ފަރާތުގައި ސްޓްރެޓެޖިކް އެޑިޝަންތަކާ އެކު އެއާޕޯޓުގައި އެއްފަހަރާ 68 ޖެޓް ބޭއްވޭނެ އެވެ. މިއީ އެއާޕޯޓްގެ ތަރައްގީ އަށް ގެނެވުނު ހެޔޮބަދަލުތަކެއް ކަމުގައި އެމްއޭސިއެލުން ދެކެއެވެ. އަދި ގެނެވުނު ބަދަލާއި އެކު

ނޯތު އޭޕްރަން:13
އިރުމަތީ އޭޕްރަން: 26
ފިއުލް ފާމް ކުރިމަތީގައި އާ ޖީއޭ ޕާކިން: 13
އާ ޖީއޭ ޕާކިން ސައުތު: 16 މަތިންދާ ބޯޓު ބޭއްވޭނެއެވެ.

އެމްއޭސީއެލް އިން ވަނީ ހުޅަނގު ދެކުނު ފަރާތުގައި 27،257 އަކަ މީޓަރުގެ ޕާކިން އޭރިއާއެއް ތަރައްގީކޮށް، އަދި އުތުރުގައި 27،590 އަކަ މީޓަރުގެ ޕާކިން އޭރިއާއެއް ތަރައްގީކޮށް،ފައެވެ.
ފިއުލް ފާމް ކުރިމަތީގައި ޕާކިންއޭރިއާއެއް ތަރައްޤީ ކުރީ، މިއީ ފިނި މޫސުމުގެ ޕީކްގައި ރާއްޖެއަށް ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރުވެ، އޮޕަރޭޝަންތަކާއި ހިދުމަތްތައް ފުޅާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވީއައިއޭ ތަރައްޤީ ކުރުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ޕީކް ސީޒަން ފެށެންވާއިރަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ވީއައިއޭ މަޝްރޫޢު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް މި ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުގައި ވީއައިއޭ މަޝްރޫޢު 2024 ސެޕްޓެމްބަރަށް ނިންމުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަން ނިންމާފައި ވީނަމަވެސް ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވިދާޅުވީ ވީއައިއޭ މަޝްރޫޢު ނިންމޭނީ 2025 ވަނަ އަހަރު ކަމަށެވެ.

