މެމްބަރުން އިތުރު ކުރުމަށް ފެއްޓިތާ ގިނަދުވަސްތަކެއް ނުވެ ޕީއެންސީގެ މެމްބަރުން ގެ އަދަދު 40000 ހަމަކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އުދުހެން ފަށައިފި އެވެ.
ދިވެހީންގެ ރާއްޖެ ފެށުން ނަމުގައި ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބާ ކުރިމަތިލީއިރު އެޕާޓިގެ މެންބަރުންގެ ޢަދަދަކީ 3022 ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްފަހު މިހާތަނަށް އެޕާޓިގެ މެންބަރުންގެ ޢަދަދު 40،000އިން މައްޗަށް އަރާފައިވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަންގައިދެނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ރައްޔިތުން ބަލައިގަނެ ކުރިއަށްދާން ތައްޔާރަށްކަންކަމަށެވެ. އަދި ދިވެހީންގެ ރާއްޖެ ބިނާކުރަން ދިވެހީން ތިބީ ތައްޔާރަށްކަން މިކަމުން ދައްކުވައިދޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާއަވަހަށް މި އަދަދަށް މެމްބަރުން ހަމަކުރި ފުރަތަމަ ފަހަރެވެ.

