ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ތަމްސީލުކުރައްވާ އިއްޒަތްތެރި މެމްބަރުންގެ ތެރެއިން 13 މެމްބަރަކު ވެރިކަން ކުރާ ޕީއެންސީ އާއި ގުޅިވަޑައިގެންފިއެވެ.
މި މެމްބަރުން ޕާޓީއާ ސޮއިކުރައްވައި ފޯމު ހަވާލުކުރެއްވީ ޕީއެންސީގެ ރައީސް، އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒާއެވެ.
ސޮއިކުރެއްވި މެމްބަރުންނަކީ:
- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
- ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދު
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
- އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
- ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
- ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަކީމް
- މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
- މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
- ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)
- މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
- ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު
- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
- ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒް
މި އެމްޑީޕީގެ މަޖިލިސް މެންބަރުން މިރޭ ސަރުކާރު ހިންގާ މައި ޕާޓީއާ ގުޅުނުއިރު އެ މެމްބަރުން ގަތުމަށް ސަރުކާރުން ރިޝްވަތު ހުށަހަޅަމުން އަންނަ ކަމަށް ބުނެ ތުހުމަތުތަކެއް ކުރެވުނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.
މި 13 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު ޕީއެންސީގެ ޕީޖީ ގްރޫޕު މިވަނީ އިތުރަށް ވަރުގަދަ ވެފައެވެ. އަދި ޕީއެންސީވާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ.
މި މެމްބަރުން ޕާޓީއާ ގުޅިވަަޑައިގަތުމާއެކު، ރައީސް ޑރ. މުއިއްޒު ވަނީ އެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު މެމްބަރުން ޕާޓީއާ ގުޅޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

