ޝީޝާގެ “މެގާ ޑީލްސް” ޕްރޮމޯޝަންގެ ދަށުން އަންތަރީސްވާވަރުގެ ބޮޑެތި ޑިސްކައުންޓްތައް ދޭން ނިންމައިފިއެވެ.
30 ސެޕްޓެމްބަރގެ ނިޔަލަށް ކުރިޔަށްގެންދާ “މެގާ ޑީލް” ޕްރޮމޯޝަންގެ ދަށުން އެއްފަހަރާ ފައިސާ ދައްކާފައި ސައިކަލް ނަގާ ފަރާތްތަކަށް 10،000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ޝީޝާ އިން ބުނެފައިވެއެވެ.
ރާއްޖެއަށް ހޮންޑާ ބްރޭންޑްގެ ސައިކަލުތައް އެތެރެކޮށް ވިއްކުމުގައި އާއްމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރާއްޖޭގެ ހަމައެކަނި ހޮންޑާ ސައިކަލުގެ އޮތަރައިޒް ޑިސްޓްރިބިއުޓަރ ޝީޝާއިން ބުނާގޮތުގައި މި ޕްރޮމޯޝަންގައި ހިމެނޭ މޮޑެލްތަކުގެ ސައިކަލުތައް އިންސްޓޯލްމެންޓަށް ނަގާނަމަ ޑައުންޕޭމެންޓުން އިތުރު ލުޔެއްގެ ގޮތުން 48 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދެއްކުމާއި، ދިވެހިންގެ އެންމެ މަގްބޫލު ސްކޫޕީ، ޑައުންޕޭމެންޓްގެ ގޮތުގައި އެން 4000 ރުފިޔާ ދައްކައިގެން ސައިކަލު ނެގޭނެގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިޕްރޮމޯޝަންގެ ދަށުން ސައިކަލުގެ ޑައުންޕޭމެންޓްގެ ގޮތުގައި %50 ދައްކައިގެން ފައިނޭންސް ޗާޖަކާއި ނުލާ ހަ މަސް ދުވަހަށް، ހަ ޕޭމެންޓަށް ބަހާލުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ދޫކުރެވޭ މޮޑެލްތަކަކީ:
އެއާބްލޭޑް 125 އަދި 150
ސްކޫޕީ ކްލަބް 12
ސްކޫޕީ ޕްރެސްޓީޖް
ވޭވް 125އައި
ޕީސީއެސް 160
ވިނާ އެކްސް 150 އެވެ.
އިސްލާމިކް ބޭންކް މެދުވެރިކޮށްވެސް މިޕްރޮމޯޝަންގެ ދަށުން ސައިކަލް ނެގޭނެ ކަމަށާއި މި މަސް ތެރޭ ޝީޝާއިން ހޮންޑާގެ އާ މޮޑެލް ކަމަށްވާ އޭޑީވީ150 ވެސް ތައާރަފް ކުރާނެ ކަމުގެ އުފާވެރި ހަބަރު ޝީޝާއިން ވަނީ ދީފައެވެ.
ޝީޝާއިން އަލަށް ރާއްޖެ އެތެރެކުރި ޕީސީއެކްސް160 ޖަޕާން މޮޑެލްއަށް ވަރަށް ޑިމާންޑް ބޮޑެވެ. އެހެންކަމުން މިމޮޑެލްގެ ސައިކަލްވެސް މިޕްރޮމޯޝަންގައި ހިމެނިފައިވާނޭކަމަށް ޝީޝާއިން ބުންޏެވެ.

ފޮޓޯ: ޕީސީއެކްސް160 ޖަޕާން މޮޑެލް
ރާއްޖޭގައި ޤާއިމުކޮށްފައިވާ ޝީޝާގެ ހުރިހާ އައުޓްލެޓްތަކުގައި މިޕްރޮމޯޝަން ކުރިޔަށްދާނެއެވެ.
ޝީޝާއިން މިދިޔަ އަހަރު ހިންގި “މެގާ ޑީލް” ޕްރޮމޯޝަނުގައިވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

