މާލޭގެ ގެޔަކަށްވަދެ އަންހެނަކާ މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މާލޭ ގެއަކަށް ފިރިހެނަކު ވަދެ އެގޭގައި ހުރި އަންހެނަކާއި މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 20:14 އެހާކަންހާއިރު ކަމަށާއި މިމާރާމާރީގައި އެދެމީހުންނަށްވެސް ކުދި އަނިޔާ ލިބިފައިވާކަމަށެވެ.
މިމައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި މައްސަލަ އިތުރަށް ތަހްޤީގު ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ބަޔާންކޮށްފައިނުވެއެވެ.
މިހާރަކަށް އައިސް ރާއްޖޭގައި މާރާމާރީ އާއި ފޭރުން އަދި އޮޅުވލައިގެން ފައިސާ ހޯދުން ފަދަ ގިނަ ކުށްތައް ތަކުރާރު ވަމުންދާކަން ފުލުހުންވަނީ ހާމަކޮށްފައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު މިއަހަރުތެރޭގައި ގިނައީ ވައްކަމާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެވެ.

