ފިލްމީތަރި އަހްމަދު އަޒްމީލް (އަޒޭ) މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.
އަޒޭ ހައްޔަރުކޮށްފައި ވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ.
ރޭގެ ވަގުތެއްގައި އަޒޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ އާއިލާގެ މީހަކާއެކުގައެވެ. އަދި މިރެއާ ހަމައަށް 24 ގަޑިއިރު ހަމަވާން ދާއިރު އަޒޭ ފުލުހުންގެ ހައްޔަރުން ދޫކޮށްނުލާނަމަ ކޯޓަށް މުއްދަތަށް ގެންދާނެއެވެ. އެހެންނަމަވެސް އަދި އެފަދަ އެއްވެސް އަޑެއް ނެތެވެ.
އަޒޭއަކީ ފިލްމީދާއިރާގައި ވީޑީޔޯލަވަތަކުން ކުރިއަރައިގެން ދިޔަ ފަރާތެކެވެ.
ނެށުންތެރިކަމަށް ދިވެހިންނަށް ކަމުދިޔަ ފަރާތެކެވެ. އަދި ކޮރިއޮގްރަފީއާއި ނަށަން ދަސްކޮށްދިނުމަށްވެސް އަޒޭއަކީ ދިވެހިންގެ މެދުގައި މަގްބޫލު ފަންނާނެކެވެ.

