މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ، އެއްބަސްވުމުގެ ދާއިރާތަކާއި ގުޅުންހުރި ވަޒީރުންނެވެ. ޗައިނާގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޗައިނާގެ ރައީސްގެ ދައުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގް ލިޔުއާން މިއަދު ވަނީ ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ.
އަދި އެ ކަނބަލުން ވަޑައިގެންނެވުމުން 21 ބަޑީގެ ސަލާމާއި ޗައިނާގެ އަސްކަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމްވެސް ބަނީ ކުޅެފައެވެ
މީގެއިތުރުން ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ރައީސް ޝީ ޖިންޕިންގ ވަނީ ގާޑް އޮފް އޮނަރ ބައްލަވާލައްވާފައެވެ.މި ރަސްމިއްޔާތުގައި، ރައީސް ޑރ. މުއިއްޒަށް ޗައިނާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ، ތައާރަފްކުރެއްވުމަށްފަހު، ރާއްޖޭގެ އިއްޒަތްތެރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތައާރަފްކޮށްދެއްވިއެވެ.

