އާ ސަރުކާރަށް ވަޤުތު ދެވިއްޖެ، ދެން ބަލަން ނުތިބެ ވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ

މިހާރު ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ދެން އަޅައިނުލައި ނުތިބެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ދައުރު ނިމުމަށް ފަހު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވަމުން ރޭ ރައީސް ސޯލިހް ވިދާޅުވީ އުއްމީދު ގެއްލިއްޖެ ކަމަށާއި ފެންނަނީ ދޮގު މައްޗަށް ދޮގު ހަދާތަން ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް ތިބީ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ކަމަށް، ވެރިކަމުގެ ދައުރު ނިމުމަށް ފަހު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދަން މަސައްކަތްނުކުރާ ކަމަށާއި، މިހާރު ފަށާފައިވާ ކަންކަމަކީ އެމަނިކުފާނުގެ ވެރިކަމުގައި ފައްޓާން ތައްޔާރުވެފައި ހުރި ކަންކަން ކަމަށެވެ. އަދި މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމާއި، މަގުމަތީގެ ޓްރެފިކްގެ އިތުރުން ޕާކިންއަށް ހައްލެއް ހޯދައިދިނުން ކަމަށްވެސް އެމަނިކުފާނު ވިދޅުވިއެވެ،
މީގެއިތުރުން ސާފުތަހިރުކަމުގެ މައްސަލަ އާއި ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދައިދިން ކަމަށާއި އޭގެ ތެރެއިން ގިނަ ކަންތައްތަަކަކީ ގާނޫނީ ގޮތުން ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ކަންތައްތައް ކަމަށާއި ނަމަވެސް މިހާރު އޮތް ކައުންސިލުން އެކަމަށް އިހުމާލުވެފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ މާލެ ސިޓީ މޭޔަރ ޢިލެކްޝަނަށް އަލިއަޅުއްވާ ސޯލިހް ވިދާޅުވީ މާލޭ ބައިއިލެކްޝަން ގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނުގެ ހުރިހާ ހަރާކަތެއް ކަހަލަ ގޮތަކަށް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް ކުރިއަށް ދެ ދުވަހު އިތުރަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި "މި ފަހަރު މިސްޓޭކެއް" ހަދައިގެން ނުވާނެ މިއީ އެމްޑީޕީގެ އަތުގައި އޮތް އިންތިހާބެއް" ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ރައީސް ސޯލިހް ވިދާޅުވިއެވެ.
ހަމައެއާއެކު އިދިކޮޅު ޕާޓީގެ ޒިންމާ އަކީ ސަރުކާރު ޖަވާބުދާރީކުރުން ކަމަށްވާއިރު ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވަން ފަހަތަށް ނުޖެހޭނެ ކަމަށް ރޭގެ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވަނޫ ވިދާޅުވެފައެވެ.
