މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މުވައްޒަފުން މާލޭގެ ގޭގެއަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާތައް ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދީ ހަރަކާތްތެރިވެއްޖެއެވެ.
ސްޓެލްކޯއިން އެކްސް.ކޮމްގައި ކޮށްފައިވާ ޕޯސްޓެއްގައިި އެކުންފުނީގެ މުވައްޒަފުން ކުރަމުން ގެންދާ ގައުމީ ހިދުމަތްތެރި މަސައްކަތް ހާމަކުރައްވަމުން ބުނެފައިވަނީ މާލޭގެ ގެތަކަށް ފެން ވަނުން ހުއްޓުވުގެ ގޮތުން ކުރަމުން ދިޔަ މަސަައްކަތްތައް ވެސް ހާމަކޮށްފައެވެ. އަދި އަމީނީމަގާއި އެެ މަގާ ވީ ސަރަހައްދުގައި އެކުންފުނިން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ

ފޮޓޯ: ސްޓެލްކޯ

ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ މުވައްޒަފުން ވަނީ ވެލިބަސްތާ ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ އިތުރުން ޕަމްޕު ތަކުގެ އެހީއާއެކު، ސްޓެލްކޯހެ އިންޖީނުގެތަކުގެ ޑީ-ވޯޓަރިންގ ނިޒާމް ބޭނުންކޮށްގެން، އަމީނީ މަގާއި، އެ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތްތައްވެސް ސްޓެލްކޯގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ މުވައްޒަފުން ވަނީ މާލެއަށް ދިމާވާ މިފަދަ ދަތި ކަންކަމުގެ ވަގުތުތަކުގައި ރައްޔިތުންނަށް އެހީތެރިވެދިނުމަށް ގައުމިއްޔަތު ދިރުވައި އާލާކޮށް މަސައްކަތްކޮށް، މާލޭގެ ރައްޔިތުންނަށް ނަމޫނާ މިސާލު ދައްކަވާފައެވެ.

