ރައްރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ މީހުންގެ ކުށުގެ ރެކޯޑު 5 މިނެޓުން ސާފުކުރެވޭނެ ގޮތަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް އޮފީސް، (ޕީޖީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ޤަޞްދުކުރައްވާ ބޭފުޅުންގެ ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ކަންތަކަށް އެ އޮފީހުން އޮތީ ތައްޔާރަށް ކަމަށާއި، އެގޮތުން، ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ، އެމީހަކު ރެކޯޑަށް އެދޭތާ 5 މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ރެކޯޑެއް އޮތްނަމަ، އެއް ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނެ ކަމަށްވެސް ޕީޖީން ބުނެފައި ވެއެވެ.
އެ އޮފީހުން ބުނީ މި ކަން ކުރިއަށްދާއިރު އިތުރު މައްސަލައެއް ދިމާވެއްޖެނަމަ، އެމައްސަލައެއް ޙައްލުކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިކަމާބެހޭ އެއްވެސް ސުވާލެއް އޮތްނަމަ، އެ އޮފީހުގެ ނަންބަރު 3000655 އާ ގުޅުއްވުން އެދޭ ކަމަށްވެސް ބުނެފައެވެ. ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގައި ޢަމަލުކުރާގޮތް، މިލިންކުން ފެނިވަޑައިގަންނަވާނެއެވެ.
މީގެ އިތުތުންއިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ކުށުގެ ރެކޯޑް ސާފްކުރުމަށްޓަކާއި ފޯމް ސެޓް ވެސް ފެންނާނެހެން އާންމު ކުރުމަށް ނިންމާފައެވެ. އަދި ކުށާއި ދަރަނީގެ ރެކޯޑް ސާފް ކުރުމުގެ އިތުރުން އިންތިހާބަށް ހާއްސަ ބެންކް އެކައުންޓެއްވެސް ވަނީ ހާއްސަ ކުރަން ނިންމާފައެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ.

