އިސްލާމީ އުއްމަތެއް ބިނާ ކުރުމުގައި ޒުވާނުންގެ ދައުރު މުހިންމު ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ އިސްލާމީ އުއްމަތެއް ބިނާކޮށް ތަރައްގީ ކުރުމައްޓަކައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށާއި، އެހެންކަމުން އިސްކާމީ އުއްމަތެއް ބިނާ ކުރުމަށް އިސްނަގަން ޖެހޭނީ ޒުވާނުން ކަމަށެވެ. އަދި ޒުވާނުންނަކީ ކުރިމަގު ބިނާ ކުރުމަށް އިސްނަގަން ޖެހޭ ބަޔަކު ވެސް ކަމުގައިވެސް ބުނެފައި ވެއެވެ.
މިއަދު ޒުވާނުންގެ ކުރިމަގު އާރާސްތު ކޮށް ސަލާމަތުގެ އައްސޭރިއާއި، ހަމަޔަށް ގައުމު ގެންގޮސްދޭން ތިބި ބަޔަކީވެސް ހަމަ ޒުވާނުން ކަމަށާއި، ޒުވާނުންގެ ތެރޭން ބަޔަކު މީހުން ކުރާ ކުށުގެ ސަބަބުން އެކަމުގައި އެންމެން ޝާމިލު ނުވުމަށެވެ. އަދި ދީނާއި ދުރުވެ ވައްކަމާއި، ފޭރުމާއި މީހުން މެރުމާއި، ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން މަދުން ނަމަވެސް ތިބި ކަން ފާހަގަކުރެވޭއިރު، އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން ކަމަުގައިވެސް ހުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން މިއަދު ގައުމުގެ ނިސްބަތުން ގިނައީ ޒުވާނުން ކަމަށާއި، އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ ވެސް ޒުވާންނުންނަށް ކަމަށް ވާއިރު ޒުވާނުން ވާންޖެހޭނީ ހަރުދަނާ ބިނާ ކުރެނިވި ބަޔަކު ކަމުގައެވެ.
ދިވެހި ޒުވާނުންގެ ތެރޭގައިވެސް މަދުން ނަމަވެސް ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން އެބަތިބި ކަމަށާއި، އެފަދަ ޒުވާނުންވެސް ތެދު މަގު އިހްތިޔާރު ކުރުމަށް ގޮވާލާ ކަމަށްވެސް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.
ޒުވާނުންނަކީ ގައުމުގެ އެންމެ އިސްމީހުންނަށް ވީ ހިދު ކުށުގެ ޝިކާރައަކަށްވެ ގައުމު ހަމަމަގުން ކައްސާލުމަކީ ގައުމެއްގެ ނިސްބަތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި ޖަވާބުދާރީ ވާންޖެހޭ ހިދު އެކަމަށް ރެކި ނުގަނެވޭނެ ކަމަށާއި، އެހެންކަމުން ގައުމުގެ މޫނުމަތި ކަމުގައިވާ ޒުވާނުން ރަނގަޅު މަގު އިޙްތިޔާރު ކުރުމަކީ ގައުމުގެ ހެވާއި ލާބަަޔަށް އޮތް އެންމެ ބޮޑު އެއް ޒިންމާ ކަމުގައެވެ.

