2020 ވަނަ އަހަރުގެ ތެރޭގައި ދަތުރު ހުއްޓާލި ހޮންކޮންގު އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ޝެޑިއުލްކޮށްފިއެވެ.
ފްލައިޓް އެޗްއެކްސް791 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 19:35 ގައި ކަމަށާއި ހޮންކޮންގަށް ފުރާނީ ރާއްޖެ ގަޑިން 21:20 ގަ އެވެ.
އެއާބަސް އޭ330 ގައި އެ އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެ އެވެ.
މިއީ ރާއްޖޭގައި ޓުއަރިޒަމް އިތުރަށް ފުޅާކުރުމަށް ޗައިނާ މާކެޓް ގިނަކުރުމަށް ލިބޭ ބޮޑުފުރުސަތެކެވެ.

