ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ކޮންމެ އޮޑިއަކުން ޑައިވަރަކު ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.
މިއަދު މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު މިއީ ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ޑައިވިން ސާމާނު ބޭނުން ކުރައްވައިގެން ފީނަން މޫދަށް ފައިބާ ވަޑައިގެންފައެވެ.

ފިޝަރީޒް މިނިސްޓަރު ޝިޔާމް ފީނަން މަސްވެރިންނާއި އެކު މޫދަށް/ފޮޓޯ ފިޝަރީޒް މިނިސްޓްރީ ޓްވިޓާރ
މަސްވެރި އުޅަދުތަކުގައި މަސައްކަތް ކުރާ ފަޅުވެރިންނަށް ޑައިވިން ކޯހެއް ހައްދަވާ ތަމްރީން ކުރައްވަން ރައިސް ނިންމަވާފައިވަނީ ޑައިވްކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ޙާދިސާތައް މަދުކުރުމުގެ މަޤްޞަދުގައެވެ.
ޑައިވް އިންސްޓްރަކްޓަރ ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ނިމިދިޔަ ޑިސެމްބަރު މަހު ހުޅުވާލާފައެވެ.

