މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަދަދަކީ 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ 92.6 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 3 އިންސައްތަ ދަށް އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ އޭޕްރިލް މަހުއެވެ. އެމަހު 22.3 މިލިޔަން ރުފިޔާ ދައްކާފައިވެއެވެ.
މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެގޮތުގައި ލިބުނު ޖުމްލަ ޢަދަދު ދަށްވެފައިވާއިރު، އެ އަހަރުގެ ޑިސެމްބަރުމަހުގެ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ ދަށަށް ގޮސްފައެވެ.
މުދަލު ޒަކާތަކީ ތިމާގެ މުދަލުގެ ނިސާބު ހަމަވެ ހިޖުރީ ސަނަތުން އަހަރު ހަމަވާ އިރު ތިމާގެ ފުރިހަމަ މިލްކުގައި އެ މުދާ ހުރެއްޖެނަމަ އޭގެ 40 ބައިކުޅަ އެއްބައި ޒަކާތުން ނެރެންޖެހޭނެއެވެ.
މުދަލު ޒަކާތަކީ އިސްލާމީ އިގްތިސާދު ހަރުދަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ތެރެއިން މުހިންމުކަން ބޮޑު ފިޔަވަޅެކެވެ.

