ކޮންމެ ތިން މަހުން އެއް މަހު ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ރައިސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރާ ފޯރަމްތަކެއް ބާއްވަން ނިންމަވައިފިއެވެ.
މި ފޯރަމްގައި ރައްޔިތުންގެ ސުވާލު ސީދާ ރައީސް އަށްކުރެވޭނެ އެވެ.
މާލެ ސިޓީގެ އާ، މޭޔަރާއި އަދި ބައިއިލެކްޝަނުން ވާދަ ކުރެއްވި ކައުންސިލް މެމްބަރުން ހުވާ ކުރުމަށް ބޭއްވީ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ހުޅުވާލައިގެން ކޮންމެ ތިން މަހުން އެއް މަހު ރައްޔިތުންނާއި ބައްދަލު ކުރެވޭނެ ފޯރަމްތަކެއް ބާއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި ބައްދަލުވުން އަންނަ ހަފްތާއިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އެެންކަމުން މާލޭގެ ރައްޔިތުންނާ ވެސް ބައްދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ތަކުރާރުކޮށް، އިރާދަކުރެއްވިއްޔާ ވަގުތު ވީވަރަކުން ރައްޔިތުންނާއި ބައްދަލު ކުރުން ކުރިއަށް ގެންދާނަން. އަޅުގަނޑުމެން ރައްޔިތުންނަށް ކުރާ މަސައްކަތް ސަރުކާރުން ގާތުން އޮޅުންފިލުވައި ދިނުމަކީ މީގެ ތެރޭގައި ހިމެނޭ ކަންތައް،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ޕަބްލިކް ފޯރަމެއް ކަމަށާއި ރައްްޔިތުންގެ ތެރެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ފޯރަމްގައި ބޭނުން ސުވާލެއް ކުރެވޭނެ ކަމަށެވެ. އަދި ފޯރަމްގައި އެ ވަގުތު ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ސުވާލު ކުރުމުގެ ފުރުސަތު ވެސް ދޭެވޭނެ ކަމަށެވެ. މިގޮތަށް ތަކުރާރު ކޮށް ރައްޔިތުންނާއި ބައްދަލުވުން ބޭއްވޭނެ ކަމަށާއި، ކޮންމެ ބައްދަލުކުރެއްވުމުގައި ދެ ކެބިނެޓް މެމްބާރސް ވަޑައިގަންވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފޯރަމް ކުރިއަށްދާނީ ފަސް ބޭފުޅުން، ފަސް ބޭފުޅުން ބައިވެރިވާ ގޮތަށް ކަމަށެވެ. މިއީ ދެ މަހުން އެއް މަހު އޮންނަ ޕަބްލިކް ފޯރަމެއްގެ ގޮތުވައި ކުރިއަށްދާ ފޯރަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

