ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާ ކެންޓިޑޭޓުންގެ ޕްރައިމަރީ ބާއްވަން ތާވަލް ކުރި ދުވަސް އެހެން ތާރީހަކަށް ފަސްކޮށްފިއެވެ.
ޑިމޮކްރެޓްސް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ތާރީހުތަކަށް ބަދަލު ގެނެސްފައިވަނީ ޕާޓީގެ ނެޝަނަލް އެސެމްބްލީއިން ކަމަށެވެ.
ޑިމިކްރޭޓްސް ޕާޓީގެ ޕްރައިމެރީ ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 3 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުއެވެ.
ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ޑިމޮކްރޭޓުންނަށް ލިބިގެންވާނީ 28 ޖެނުއަރީންގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރުންނަށް ކަމަށް ވެސް ޕާޓީން ވަނީ ބުނެފަވެއެވެ.
މި ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެމްބަރުން، ޑިމޮކްރެޓްސް އިން ކޮށްފައިވާ އިއުލާނާއެކު ޝައުގުވެރިކަން ފާޅު ކޮށް ކުރިމަތި ލުމަށްވެސް އެ ޕާޓީން ބުނެފައި ވެއެވެ.

