ފަހިދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ ފުލެޓު ލިސްޓާ ގުޅޭ ކަންކަން ނިމޭތާ ތިން ދުވަސް ތެރޭ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލު ކުރެޥޭނެ ކަމަށް (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން ބުނީ ޕްލެޓްގެ ކަންކަން ނިމޭތާ ތިން ދުވަސްތެރޭގައި ޕްލެޓްތަކުގެ ވެރިންނަށް ފްލެޓް ހަވާލުކުރުމުގެ ކަންކަން ކުރުމަށް އަންގާނެ ކަމަށެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ބުނީ މީގެ އިތުރުންވެސް މިހާރުވެސް އެ ފްލެޓްތަކުގެ އެއްބަސްވުންތައް ހުރީ ޕްރިންޓް ކުރެވިފައި ކަމަށާއި މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.
މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޯހިޔާވަހި ކަމާއި ގުޅިގެން އަޅަން ފެށި ފްލެޓްތަކެވެ. އެ ކުންފުނިން ވަނީ، 32 ހައުސިން ޓަވަރު އަޅަން ފަށާފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ، މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފުރަތަމަ 4000 ފްލެޓަށް ވަދޭވޭ ގޮތް ހަދާނެ ކަމަށްވެސް ބުނެފައެވެ. އަދި ފްލެޓްތައް އަޅަން ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮަތަށް ކަމަށް ބުނެފައި ވެއެވެ.
ފުރަަތަމަ ފިޔަވަހީގައި އަޅާނީ ތިން ކޮޓަރީގެ 1400 ޔުނިޓާއި ދެ ކޮޓަރީގެ 600 ޔުނިޓް ކަމަށް ވެސް އެކޯޕަރޭޝަނުން މީގެ ކުރިން ބުނެފައި ވެއެވެ.

