އެމްޑީޕީއާއި ޑިމޮކްރޭޓްސް އަނެއްކާވެސް އެއްމޭޒެއްގެ ދޮށަށްދާން ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ދެ ޕާޓިން ނޫސްވެރިންނާއި ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލުވުން އޮތީ މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހަވީރު 4 ޖަހާއިރު ކަމަށްވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީއާއި ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތައް ވަކިވީ ރިޔާސީ ޕްރައިމެރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ވާދަކޮށް ރައީސް ނަޝީދު ބަލިވުމުންނެވެ. އޭގެ ފަހުން ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ހަރަކާތް ފެއްޓުމަށްފަހު ދ. ޑިމޮކްރޭޓްސް ނަމުގައި ޕާޓީ އެއް އުފައްދަވާ ވަނީ ސިޔާސީ ހަރަކާތްވެސް ފަށާފައެވެ. އަދި ޑިމޮކްރޭޓްސްއިން ރިޔާސީ އިންތިހާބުގައިވެސް ވާދަ ކޮށްފައި ވެއެވެ.
ބެލެވޭ ގޮތުގައި މި ދެ ޕާޓީން އެއްމޭ ޒެއްގެ ދޮށުން ބައްދަލުވާ ބައްދަލުވުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ގުޅިގެން ދެ ޕާޓީގެ ވިސްނުން ހުރި ގޮތް ނުވަތަ އެއްކޮށް މަސައްކަތް ކުރަން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

