ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ އެމްޓީސީސީން ބުނެފިއެވެ.
އެމްޓިސީސީން ބުނީ އެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ. އެ މަޝްރޫޢުގެ ދަށުން، 954.43 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 114.56 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.
މި މަޝްރޫއަކީ 34.61 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓިސީސީން ބުނެއެވެ.

