އުމުރުން 36 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ދ. މީދޫ ދުނބުރިމާގޭ މަރިޔަމް ރާމިޒާ ކަމަށެވެ. މި އަންހެން މީހާގެ ހަބަރެއް އާއިލާއަށް ނުވެގެން ހޯދުމައްޓަކާއި މިހާރު ވަނީ ފުލުހުންގެ އެހީތެރިކަމަށް ވެސް ފުލުހުން ބުނެއެވެ.
އަންހެންމީހާ ގެއްލުނު މައްސަލައިގެ ރިޕޯޓް ލިބުނީ އިއްޔެ ކަމަށާއި، އެހެންކަމުން މިހާރު އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މަރްޔަމް ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ ޖެނުވަރީ 23 ވަނަ ދުވަހުގެ 21:00 އެހަކަންހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މަރްޔަމް ރާމިޒާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް އިލްތިމާސް ވަނީ ކުރައްވާފައެވެ.

