ނ. މަނަދޫ ގައި އަނިޔާވެރިކޮށް މަރާލާފައި އޮތްވާ ފެނުނު ނައީމާ މުސާގެ މަރުގެ މައްސަލައިގެ ޝަރީޢަތާބެހޭ މަޢުލޫމާތު އާންމުންނަށް ފެންނާނެހެން ޢާންމު ކުރާ ގޮތަށް ނިންމައިފިއެވެ.
ޕްރޮސެކިއުޓާރ ޖެނެރަލް އޮފީސް (ޕީޖީން) ބުނީ ނައިމާގެ މަރުގެ މައްސަލައަކީ ޢާންމުންގެ މަޞްލަޙަތާއި ޝައުޤުވެރިކަން އޮތް މައްސަލައެއްކަމަށް ފެންނާތީއާއި، އެމައްސަލައިގެ މަޢުލޫމާތު ޢާންމުންނަށް ފެންނާނޭގޮތް ހެދުމަށް، ޕީޖީ އޮފީހުގެ މީޑިއާ ވެބްސައިޓުގެ “ޢާންމު ޝައުޤު” ބައިގައި، އެ މައްސަލައިގެ މައުލޫމާތު ހިނަނަން ނިންމާފައިވާ ކަމަށެވެ.

