ގައުމީ އެއަރލައިން މޯލްޑިވިއަނުން ހއ. ހޯރަފުށީ އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
މޯލްޑިވިއަނުން ބުނެފައިވަނީ އަންނަ އޭޕްރީލްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ހޯރަފުށީ އެއަރޕޯޓަށް ހަފްތާއަކު 4 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ، އަންގާރ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
މޯލްޑިވިއަނުން މިހާރު ވެސް ގެންދަނީ ހޯރަފުއްޓަށް ހަފްތާއަކު ތިން ދަތުރު ކުރަމުންނެވެ. އެއީ ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ، ބުދަ، އަދި ހުކުރު ދުވަހުއެވެ. އެގޮތުން މިހާރު ވެސް ދަތުރުތައް ކުރިއަށް ގެންދާ ގޮތަށް އަންނަ މަރޗް 31 އާ ހަމައަށް ކުރަމުން ގެންދާނެ ކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ޚިދުމަތް ދެމުން އަންނަ އެއަރޕޯޓްކަމަށްވާ ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް ފެށީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ވަނީ މި އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ބާއްވާ ގޮަތަށް ސަރުކާރުން ނިންމާފައެވެ.

