ކޮންގްރެސް ކޯލިޝަނުގެ ގިނަ ގޮޑިތައް ކުރީގެ ގިނަ މެމްބަރުން ކަށަވަރު ކޮށްފިއެވެ.
ޕީޕީއެމް ޕީއެންސީން މިއަދު ބޭއްވި މަޖިލިސް ޕްރައިމެރީގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ޓީކެޓް ކަށަވަރު ކުރައްވާފައެވެ.
އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވަނީ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.
މަޖިލިހުގެ ކުރީގެ މެމްބަރުންގެ ތެރެއިން ޓިކެޓު ކަށަވަރު ކުރެއްވި ބޭފުޅުންގެ ތެރެއިން ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ ފަޒާދުވެސް ހިމެނެއެވެ.

