މާލޭގެ އެއްވެސްތަނަކަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މާލޭގޭ އެއްވެސްތަނަކަށް ކުނި އެޅުމަކީ މަނާ ކަމެއްކަމަށެވެ. އަދި އާންމު ތަންތަނަށް ކުނިއެޅުން ހުއްޓުވުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި، އެކަމުގައި ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން މާލޭ މަގުމަތި ބެލެހެއްޓުމަށް ސިޓީ ކައުންސިލުގެ މުއައްޒަފުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި، މި ކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މާލެ ރީތި ތަނެއްގެ ގޮތުގައި ބޭއްވޭނީ އެންމެން އެކަމަށް އެއްބާރުލުން ދީގެން ކަމުގައި ވެސް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މާލެ ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަކީ މާލެ ސާފް ތަނަކަށްވެ އުޅޭ ހިތުން އުޅޭނެ ގޮތުގައި ފެނިގެން ދިއުން ކަމުގައެވެ.

