ކާފޫރުތޮޅި އޭގެ ޒާތުގައި ކިތަންމެ ކުޑަޔަސް މިއީ ނުހަނު ރަހަގަދަ އެހާމެ ފައިދާތައްވެސް ގިނަ ބާވަތެކެވެ.
ކާފޫރުތޮޅީގައި ގިނައަދަދަކަށް ހިމެނޭ އެންޓި އޮކިސިޑެންޓްގެ ސަބަބުން ލޭގެ ޕްރެޝަރު އެއްހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ލޭގެ ޕްރެޝަރ ދަށްކޮށްދިނުމުގައި މުހިންމު ރޯލެއް ކާފޫރުތޮޅި އަދާކުރެއެވެ. ހަޖަމުކުރުމުގެ މައްސަލައަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމު ބަލިބައްޔަށް މަގުފަހިކުރާ މައްސަލައެކެވެ. ހާއްސަކޮށް ބަނޑުހަރުވުމާއި ބަނޑުގައި ވައި ހެދުމުން ރައްކާތެރިކޮށް ސަލާމަތްކޮށްދިނުމުގައި ކާފޫރުތޮޅީގެ ދައުރު ބޮޑެވެ.
ގިނަ އަދަދަކަށް އެކުލެވިގެންވުމުން އެކި ބާވަތްތަކުގެ އިންފެކްޝަން ތަކުން ދުރުކޮށްދެއެވެ. އަދި ކާފޫރުތޮޅީގައި ހިމެނޭ ތެލުގެ ސަބަބުން އެކި ކަހަލަ ބަލިތައް ޖެހުމުން ދުރުކޮށްދޭކަމަށް ހޯދުންތަކުން ހާމަވެއެވެ.
ފަސޭހައިން ބިހިނަގާ ތެޔޮކޮށް ހުންނަ ހަމަށް ކާފޫރުތޮޅިއަކީ ވަރަށް ރަނގޅު އެއްޗެކެވެ. އޮށަޅަފަދަ ތަކެތި ނެގުމުން ދުރުކޮށްދެއެވެ. އެއީ ކާފޫރުތޮޅީގައި ހުންނަ ވިޓަމިންސް އިން ހަން ތެޔޮވުމުން ދުރުކޮށްދީ ބިހިނެގުމާއި މޫނު ގައި ހުންނަ ކުދި ލޯވަޅުތައް ބައްދައިދޭތީއެވެ.
ކާފޫރުތޮޅިއަކީ އެންޓި ބެކްޓީރިއަލް މާއްދާތަކުން މުއްސަނދި ބާވަތެކެވެ. ހަމަ މިއާއެކު ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދިނުމަށް ވެސް ކާފޫރުތޮޅި އެހީތެރިވެދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެކިކަހަލަ ބޮޑެތި ބަލިބަލިން މީހާ ރައްކާތެރިވެދެއެވެ. އެހެންކަމުން ކިޑްނީ ނުވަތަ ގުރުދާގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ.
ގިނަ އަދަދަކަށް އެކުލެވިގެންވުމުން އެކި ބާވަތްތަކުގެ އިންފެކްޝަން ތަކުން ދުރުކޮށްދެއެވެ. އަދި ކާފޫރުތޮޅީގައި ހިމެނޭ ތެލުގެ ސަބަބުން އެކި ކަހަލަ ބަލިތައް ޖެހުމުން ދުރުކޮށްދޭކަމަށް ހޯދުންތަކުން ހާމަވެއެވެ.
ފަސޭހައިން ބިހިނަގާ ތެޔޮކޮށް ހުންނަ ހަމަށް ކާފޫރުތޮޅިއަކީ ވަރަށް ރަނގޅު އެއްޗެކެވެ. އޮށަޅަފަދަ ތަކެތި ނެގުމުން ދުރުކޮށްދެއެވެ. އެއީ ކާފޫރުތޮޅީގައި ހުންނަ ވިޓަމިންސް އިން ހަން ތެޔޮވުމުން ދުރުކޮށްދީ ބިހިނެގުމާއި މޫނު ގައި ހުންނަ ކުދި ލޯވަޅުތައް ބައްދައިދޭތީއެވެ. އެހެންކަމުން ބައެއްކަހަލަ ފޭޝަލް އާއި ލިޕް ބާމުގައިވެސް ކާފޫރުތޮޅި ހިމެނެއެވެ.

