ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އިބްރާހިމް ފައިސަލް އަށް ރުހުން ދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.
މިހާރު ކުރިޔަށް ދާ ވޯޓު ނެގުމުގައި ފައިސަލްއަށް ރުހުން ދިނުމަށް ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ރުހުން ނުދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.
ޓޫރިޒަމް މިނިސްޓަރަށް ރުހުން ނުދޭނެ އެމްޑީޕީގެ މެންބަރުން ކުރިން ބުނި ނަމަވެސް މިއަދުގެ ޖަލްސާގައި 2 މެމްބަރުން ފިޔަވައި ހުރިހާ މެމްބަރުން ނިންމީ ފައިސަލް އަށް ރުހުން އޮތް ކަމަށެވެ.

