މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) ގެ ހުރިހާ މުވައްޒަފުންނަށްވެސް އެއްވެސް ތަފާތުކުރުމެއްނެތި އެއްހަމައެއްގައި މެޑިކަލް އިންޝުއަރެންސް ދެމުންދަނީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ނައްތާލުމުގެ ބޭނުމުގައެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުންވެސް މުވައްޒަފުންނަށް މެޑިކަލް އިންޝުއަރެންސްދެއެވެ.
އެމްޕީއެލްގެ މެޑިކަލް އިންޝުއަރެންސް މުވައްޒަފުންގެ އިތުރުން މުވައްޒަފުންގެ އާއިލާތަކަށް ކަވަރ ކުރުމުގެ ޕްލޭންއެއް އޮވެއެވެ.
އެމްޕީއެލްގެ މެޑިކަލް އިންޝުއަރެންސް އާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ދައުރު ވަމުންދިޔަ ޓްވީޓަކާއި ގުޅިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން މިނޫހުން ކުރި މަސައްކަތުން އެއީ ކަނޑައެޅިގެން ދޮގެއްކަން ސާާބިތުވެއެވެ. އަދި އެ ކުންފުނިން އެފަދަ ނިންމުމެއް އަދި އެފަދަ ގަވާއިދެއް ވެސް ހަދާފައި ނުވެއެވެ.
އަދި އެމްޕީއެލްގެ ސީއީއޯ އަށް ވަކި ޕެކޭޖްއެއް ހަދައި އަމަލުކުރާ ކަމަށް ދެކެވޭ ވާހާކާއަކީ އެކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި އަދި ކުރަމުންދާ މަސައްކަތް ފަހަތަށް ޖައްސާލުމުގައި ނިޔަތުގައި ކޮށްފައިވާކަމެއް ކަމަށް ދޭހަވެއެވެ.
އަދި މިކަމުގެ މައުލޫމާތު ހޯދުމަށް މިނޫހުން ކުރިމަސައްކަތުން އެނގިފައިވާ ގޮތުގައި މެޑިކަލް އިންޝުއަރެންސް ދިނުމުގައި އެކުންފުނިން ގެންގުޅެމުންދަނީ ހަމަހަމަ އުސޫލެކެވެ.
އެމްޕީއެލްގެ އާ މެނޭޖްމަންޓާއެކު ކުންފުނި ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޒިންމާދާރު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

