ގދ. ތިިނަދޫ އަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑުން ހިފަހައްޓައިފިއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. ތިނަދޫ އަށް ސިޓިއެއްގެ ދަރަޖަ ދިނުމާއި ގުޅޭ ގޮތުން މި މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައިވީ ނަމަވެސް ސިޓި އެއްގެ ދަރަޖައިގައި ކައުންސިލް ހިންގުމަށް އެރަށު ކައުންސިލަށް ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވީ ނަމަވެސް އެކަން މިހާރު ހުއްޓުވާފައިވާ ކަމަށެވެ.
ޒުލްފާ ވިދާޅުވީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ މައްސަލަ މަޑުޖައްސާލަން ނިންމާފައިވަނީ އެލްޖީއޭގެ ބޯޑުން އެގޮތަށް އެދިގެންކަމަށެވެ.

