އެއްބާރުގެ މައްޗަށް އަނެއްބާރު ނުފޫޒު ފޯރުވާ ނަހަމަގޮތުގައި މަސައްކަތް ކުރަން އުޅުމަކީ ދުސްތޫރީ ހަޔާތުގައި އަނދިރި ދުވަހެއް ކަމުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބިގޭ ވިދާޅުވީ ދައުރުން ބޭރުން ބޭއްވި ޖަލްސާއަށްފަހު މަޖިލީހުގެ ތެރޭން ހިނގާފައިވާ ކަންތައްތަކަކީ ދުސްތީރީ ހަޔާތުގައި އައި އަނދިރި ދުވަސްތަކެއް ކަމަށެވެ.
ބިގޭ ވިދާޅުވީ އެދުވަހު ފެނިގެން ދިޔައީ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން މަޖިލީހުގެ ކަރާމާތް ކަނޑާލެވޭ ފަދަ އަމަލުތައް ކުރުން ކަމުގައެވެ. އެހެންކަންމަވެސް އެމްޑީޕީން މަސައްކަތް ކުރަމުންދިޔައީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް އަމަލުތައް ގެންގުޅެ ވަޒީރުންނަށް ރުހުން ނުދީ ލަސްވެފައިވާ މައްސަލަ ހައްލު ކުރަން ކަމަށެވެ.

