ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްއަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމީމްއަށް ހަމަލާދިނީ މިއަދު ހެނދުނު ވަގުތެއްގައެވެ. މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ޝަމީމަށް ވަނީ ފަރުވާ ދޭން ފަށާފައެވެ.
“ޝަމީމަށް މާލޭ މަގުމަތިން މީހަކު ހަމަލާދީފައިވާ ކަމަށް މިއަދު ރިޕޯޓުކޮށްފައިވޭ. އޭޑީކޭގައި ޝަމީމަށް ދަނީ ފަރުވާ ދެމުން. ހަމަލާ ދީފައި ވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،” ފުލުހުން
މި ކަމާއި ގުޅިގެން ފުލުހުން ބުނީ ޝަމީމަށް ހަމަލާދިން ކަމަށް ބެލެވެނީ ތޫނު އެއްޗަކުން ނޫން ކަމަށެވެ.
ޝަމީމަށް ހަމަލާދިނީ ކޮންބަޔަކު ކަމެއް އެނގިފައިނުވާއިރު އޭނާއަށް ހަމަލާދިން މީހާ އަދި މިހާތަނަށް ހައްޔަރެއް ވެސް ނުކުރެ އެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

