ޓިކްޓޮކް ސަމާގެ ހިތުން ހިތަށް މިފަހަރު ހަގީގަތުގައިވެސް ނަމޫނާ ދައްކައިފިއެވެ.
ރޭ ޓިކްޓޮކް ސަމާގެ ލައިވެއްގައި މި ވަނީ ގަޑިއެއްހާއިރު ތެރޭ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ފުރަން ޖެހިފައިވާ އެކަނިވެރި މަންމައެއްގެ އުއްމީދުތައް އުޖާލާކޮށް އިތުރަށް ރޯޝަން ކޮށްދީފައެވެ.
ކިޑްނީ ޓްރާންސްޕްލާންޓަށް ޑޯނަރ އާއެކު ފުރަން ޖެހިފައިވާ އަންސާރާ އަކީ އައްޑޫސިޓީ ހިތަދޫ އަންހެނެކެވެ. އެހެންނަމަވެސް ވޭތުވި މަހެއްހާ ދުވަހު އަންސާރާ ވަނީ އޭނާގެ ތިން ކުދިންނާއެކު މާލެ އައިސްފައެވެ. ސަބަބަކީ ޑޮކްޓަރުންނަށް ދައްކައި ހަދަން ޖެހޭ ޓެސްޓުތައް ހެދުމާއި އެކި ތަންތަނަށް ހުށަހަޅާންޖެހޭ ލިޔުންތައް ހުށަހެޅުންފަދަ އެތައް ކަމެއް ކުރުމަށެވެ.

އަންސާރާ، ޑައެލެސިސް ހދަނިކޮއ
ކިޑްނީ ފެއިލްވެ، ވޭތުވެދިޔަ ފަސް ވަރަކަށް އަހަރުތެރޭ ޑައެލެސިސްގެ އެހީގައި ދިރިއުޅެމުން އަންނަ އަންސާރާއަށް ސަމާގެ ޓިކްޓޮކް ލައިވުން ލިބުނީ ހަމައެކަނި ފައިސާގެ އެހީއެއް ނޫނެވެ. އިންތިހާއަށް ލޯތްބާއި އެތަކެއް ގިނަ ހެޔޮ ދުއާވެސް އޭނާއަށް ރޭގައި ވަނީ ލިބިފައެވެ.

އަންސާރާ ހުވަދޫނޫހަށް ހިއްސާކޮށްފައިވާ ބައެއްވާހަކަތައް
ކިޑްނީ ޓްރާންސްޕްލާންގެ އުއްމީދުގައި ދުވަސްގުނަމުން ދިޔަ އަންސާރާގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ އޭނާގެ ވައިޓްބްލަޑްސެލްސް ދަށްވެފައި ހުރުމުން ބޯންމެރޯ ފަރުވާއެއް ދޭން ޖެހޭ ކަން އެނގުމުންނެވެ. ކިޑްނީ ޓްރާންސްޕްލާންޓް ފަދަ ބޮޑު ސާޖަރީއެއް ހެދުމުގެ ކުރިން ހަށިގަނޑުގެ އެހެނިހެން ހުރިހާ ކަމެއް ރަނގަޅުތޯ ބަލަން ޖެހެއެވެ. އެތަކެއް ޕްރޮސީޖާތަކަކަށްފަހު ނޫނީ މާލެއިން ފުރަައިގެން ސާޖަރީ އަކަށް ދެވޭކަށް ނޯވެއެވެ.

ސަމާގެ ލައިވްގައި ލިބުނު ފައިސާގެ އަދަދު
ރަށުގައި ހުރި އިރު އާސަންދައާއި އެންސްޕާއިންވެސް ނުލިބިގެން އުޅުނު އެހީ މާލެ އައުމުން ވަރަށް ފަސޭހައިން ވާ ގޮތްވެ މިހާރު ވެފައެވެ. ފުރުމާއި ބޭސްފަރުވާއަށް އާސަންދަ، އެންސްޕާގެ އެހީ ލިބުނަސް، ތިން ކުދިންނާއި އެހީތެރިއަކު ދާކަމަށްވަންޏާ ކެއިން ބުއިމާމެދު އެހީތެރިކަން އަންސާރާއަށް ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އަމުދުން އެއާއިލާ މިހާރު ދިރިއުޅޭ ގެއަކީވެސް ކުއްްޔަށް ހިފާފައި ހުރި ކޮޓަރިއެކެވެ. މާލެއައިސް ގޮސް ވުމުން ދާނެ ހަރަދު މާބޮޑުވާނެތީއެވެ. ހާއްސަކޮށް އަންސާރާއަށް އެންސްޕާގެ ސީއީއޯ ހީނާވަލީދު އަމިއްލަ ގޮތުިން ޒިޔާރަތްކުރައްވައި، ވަރަށް ގާތުން އަންސާރާގެ ކަންކަން ބައްލަވައި އެހީތެރިވެދެއްވިކަން ފާހަގަކޮށްލެވެއެވެ.
ކޮންމެއަކަސް ރޭގައި އަންސާރާއަށް މިވަނީ ހެޔޮއެދޭ ދީލަތި ފަރާތްތަކަކުން ހަމައެންމެ ގަޑިއެއްހާއިރު ތެރޭ އެއްލައްކަ އެގާރަހާސް އަށް ސަތޭކަ ސައްބީސް ރުފިޔާ (-/111،826) ހޯދައިދީފައެވެ.
ސަމާއަކީ ޓިކްޓޮކްގެ އެންމެ ގިނަ ފަރާތްތަކުން ފޮލޯކުރާ ޓިކްޓޮކް ޕްލެޓްފޯމް ރާއްޖޭގައި ކުރިއެރުވުމުގައިވެސް ނުހަނު މުހިންމު ދައުރެއް އަދާ ކުރަމުންދާ ފަރާތެކެވެ. ހާއްސަކޮށް ސަމާގެ ހިތުންހިތަށް އެެޕިސޯޑުތަކަކީ އެލައިވް ތަކަކުން ދީލަތި އެހީތައް، އޭގެ ހަގީގީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހޯދައިދެމުން އަންނަ ސޯޝަލްމަސައްކަތެކެވެ. ސަމާގެ މިހިތްވަރާއި މަސައްކަތަށް "ހުވަދޫ"ނިއުސްޓީމްގެ ފަރާތުން އައްސަރިބަހާއި ސާބަސް ދިނުމާއެކު ފާގަތިފަހި މާދަމާއަކަށް އެދެމެވެ. ސަމާގެ މިފަދަ މަސައްކަތްތަކުގައި ބަރަކާތްލައްވާނެތެވެ. ހުވަދޫނިއުސްޓީމްގެ އެދުމަކީ އަންސާރާގެ ޓްރާންސްޕްލާންޓް ކާމިޔާބުވެ، އަލުން އައު ހަޔާތަކަށް ނުކުންނާނެދުވަހެއް ފަހިވުމެވެ.

