ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް މިރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
އުމުރުން 39 އަހަރުވެ ވިޝާމް ވަނީ މީގެ ކުރިން އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ވިޝާމް އަކީ ބޮޑެތި އެކި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ރާއްޖޭގެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްކަމަށް ވިޝާމް އިންތިހާބުކުރީ ޖޫން 11، 2022ގަ އެވެ.

