(އީއީޒެޑް) ގެ ތެރޭގައި ދިވެހި މަސް ދޯންޏެއް އޮއްވާ އިންޑިއާ ސިފައިން އެރުމަކީ ކަންބޮޑުވާ ކަމެއް: އެމްޑީޕީ

މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް އެމްޑީޕީން ވަނީ ގޮވާލަމެވެ. އަދި، ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންޑް ފޯސް "އެމްއެންޑީއެފް" އިން ބުނީ ދިވެހި މަސްދޯންޏެއް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައި ވަނިކޮށް  ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

މި ދޯނީގައި ގާތްގަނޑަކަށް ވިއްސަކަށް ދިވެހިން ތިބި ކަމަށް ވެސް ސިފައިން ވަނީ މައުލުމާތު ދީފައެވެ.

ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ މޯލްޑިވިއަން ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަމަށްވާއިރު މި މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް އެމްޑީޕީން ވަނީ ގޮވާލައްވާފަެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް ވެސް އެ ޕާޓީން ގޮވާލައްވާފައި ވެއެވެ.

ޓެގް

އެމްއެންޑިއެފްއެމްޑީޕީ