މުދަލަށް ގެއްލުން ދިން މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނީ ހޯދަން އިއުލާނު ކޮށްފައިވާ މީހުންނަކީ މޮއިރާ އޮޓޯ ސަރވިސް އަށް ގެއްލުން ދީފައިވާ މައްސަލައަކާ ގުޅިގެން ހޯދާ މީހުން ކަމަށެވެ. އެގޮތުން އެމީހުން ހޯދުމަށް މިހާރު މަސައްކަތް ކުރާ ކަމަށާއި، އެމީހުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އެއީ މ. ސަކަން ގޭގައި ހިންގާ މޮއިރާ އޮޓޯ ސަރވިސް އަށް ގެއްލުން ދީފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުން ކަމަށްވެސް ފުލހުން ބުނެފައި ވެއެވެ.
އެހެންކަމުން ފުލުހުން ބުނީ މިހާރު އެމީހުންގެ ވީޑިއޯ އާންމު ކޮށްފައިވާ ކަމަށާއި، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

