ބޯ ހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުޑަކުރަން ކަނޑައަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓް ތަކުގައި އަގު ކުޑަކޮށްފިއެވެ.
ހައުސިން ޔުނިޓްތަކުގެ އަގަށް ޑިސްކައުންޓް ދޭން ނިންމާފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް މަސްތަކަށެވެ.
އެޗްޑީސީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ މަގު ޗާޓާއި އެއްގޮތަށް ފޭސް އެކެއްގެ ސޯޝަލް ހައުސިން ޔުނިޓްތަކަށް ކުލީގެ އަދަދުން ކޮންމެ މަހަކުވެސް 20 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް އެކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
މިގޮތުން އިންސްޓޯލްމެންތްގެ ގޮތުގައި ( މެއިންޓްނަންސް ނުވަތަ މެނޭޖުމެންޓް ފީ ނުހިމަނަ) ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އަދަދުން 20 ޕަސެންޓް އުނިވާ ގޮތަށް ކުރިއަށް އޮތްތަނުގައި ހިނގާ މަސްތަކަށް ކަމަށް ބުނެއެވެ.
މި ޑިސްކައުންޓްގައި މެނޭޖުމެންޓް ފީ ނުހިމެނޭނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ މި ފާހަގަ ކުރި ކުއްޔާއި ގުޅޭ ގޮތުން މައުލޫމާތު ބޭނުންވާނަމަ އެކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅުވައިގެން ނުވަތަ އެ ކޯޕަރޭޝަނުގެ އީމެއިލް އަށް މެސެޖް ކުރެއްވުމުން މައުލޫމާތު ލިބޭނެ ކަމަށެވެ.

