މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމަށް ފިޝަރިޒް މިނިސްޓްރީން ފަށާފައިވާ ޕްރޮގުރާމް 8 ފަޅުވެރިޔަކު ފުރިހަމަކޮށްފިއެވެ.
މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި 8 ޑައިވަރުންނަކީ ގދ. މަޑަވެލީގެ 8 ދޯންޏަކަށް ނިސްބަތްވާ ފަޅުވެރިންނެވެ.
އެ ޕްރޮގްރާމަކީ، ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރެއްގެ ފެންވަރަށް ތަމްރީނު ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމެކެވެ.

