އެމްޑީޕީއާއި ދަ. ޑިމޮކްރެޓްސްގެ ޕާޓީގެ ޕްރައިމަރީ މާދަމާ ބާއްވަން ހަމަ ޖެހިއްޖެއެވެ.
މި ދެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ވެސް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ފެށިގެން ހަވީރު 5:00 އަށެވެ.
އެމްޑީޕީގެ ޕްރައިމެރީގައި 40 ދާއިރާއަކަށް 149 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެމްޑީޕީގެ ޕްރައިމަރީ ކުރިއަށްދާއިރު ޖުމްލަ 25،325 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. ޑިމޮކްރެޓްސް އިން ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމާފައިވަނީ މާލެ އާއި ހުޅުމާލޭގައެވެ.
އެޕާޓީން ވެސް ވަނީ މަޖިލީހުގެ 93 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ. ނަމަވެސް މިހާތަނަށް އެ ޕާޓީން ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ 41 ދާއިރާއަކަށެވެ.
މީގެ ތެރެއިން 39 ދާއިރާއެއްގެ ޓިކެޓް މިހާރު ވަނީ ކަށަވަރުވެފައެވެ. އެއީ އެ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކަށް ވެސް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީއެވެ.

