ދުއްވަމުންދިޔަ ކާރެއް ކޮންޓްރޯލްނުވެ ބްރިޖް މަތީގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއާއި ހުޅުމާލެއާއި ގުޅޭ ބުރިޖް ހައިވޭ މަތީގައެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ދަގަނޑުތަކުގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:31 އެހާކަންހާއިރު ކަމަށެވެ.
މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވި ނަމަވެސް، ކާރަށާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

