ސްކޭމް ޕްރިވަންޝަން ސެންޓަރެއް ރާއްޖޭގައި ގާއިމް ކުރަން ނިންމައިފިއެވެ.
މިއީ މިފަދަ ސެންޓަރެއް ރާއްޖޭގައި ގާއިމް ކުރެވޭ ފުރަތަމަ ފަހަރެވެ.
ފުލުހުންގެ ފައިނޭޝަލް ކުރައިމް ޑިވިޝަންގެ ހެޑް އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމް ޕްރިވަންޝަން ސެންޓަރެއް ގާއިމް ކުރަން ނިންމާފައިވަނީ ސްކޭމްގެ ޒަރިއްޔާއިން ރާއްޖޭގައި ފައިސާ ފޭރުމުގެ މައްސަލަ އިތުރުވަމުންދާތީ ކަމަށެވެ.
އެހެންކަމުން އެ ސެންޓަރުގެ ސަބަބުން ސްކޭމްގެ ކުރާ މީހުން ދެނެގަނެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ގެއްލޭ ފައިސާ ހޯދުމަށް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުން ކުރާ ނިޒާމެއް ކަމަށާއި، ސްކޭމް ހުއްޓުވުމަށްޓަކާއި މިއީ އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެެވެ.
ސްކޭމް ޕްރިވަންޝަން ސެންޓަރު ރާއްޖޭގައި ގާއިމް ކުރަން ނިންމާފައިވަނީ އަންނަ މާރޗް މަހުގައި ކަމަށް ވެސް ފުލހުން ބުނެއެވެ.

