ކ. ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު މިހާރުވެސް އެދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މެމްބަރު އަބްދުﷲ ޖާބިރު ކަށަވަރު ކުރައްވައިފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކޮށް ޖާބިރު ޓިކެޓް ކަށަވަރު ކުރައްވާފައިވަނީ ޅ. ހިންނަވަރު، އަބްދުﷲ ރިފްއަތާ ވާދަކޮށެވެ. ޖާބިރުގެ އިތުރުން އޭނާގެ ދަރިކަލުން އަހުމަދު މުއާޒު އަބްދުﷲ ޖާބިރުއަށް ވަނީ މަހިބަދޫ ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފަ އެވެ.
މީގެ އިތުރުން މި ޕްރައިމެރީ ކާމިޔާބު ކުރައްވާފައިވަނީ އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އަދި ކުރީގެ ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް އާއި، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ)، އެވެ. އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވެސް ހިމެނެއެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވެސް ވަނީ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ އިތުރުން މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ހާރޫނާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ވަނީ ޓިކްޓް ކަށަވަރު ކުރައްވާފައެވެ.

