މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި އައިޖީއެމްއެޗް ގުޅިގެން "ބްލަޑް ޑްރައިވް" ހަރަކާތެއް މިއަދު ބާއްވައިފިއެވެ.
މި "ބްލަޑް ޑްރައިވް" އަކީ އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް އެހީތެރިވެދިނުމުގެ ގޮތުން އައިޖީއެމްއެޗްއާ ގުޅިގެން އެ ކުންފުނިން ބޭއްވި ހަރަކާތެކެވެ.

މާލޭ ނޯތު ހާބަރގައި ކުރިއަށް ގެންދިޔަ "ބްލަޑް ޑްރައިވް"ގައި އެމް.ޕީ.އެލްގެ ގިނަ މުވައްޒަފުުންތަކެއް ވަނީ ބައިވެރިވެ، އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް ލޭ ހަދިޔާކޮށްފައިވެއެވެ.

މިފަދަ ހަރަކާތްތަކަކީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ ގުޅެގޮތުން މުވައްޒަފުން ހޭލުންތެރި ކުރުވައި، މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ރޫޙު އާލާކޮށް އަދި މުޖުތަމުއަށް ފައިދާހުރި ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އެމްޕީއެލުން ބާއްވަމުންދާ ހަރަކާތްތަކެވެ.

އެމް.ޕީ.އެލް އިން ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވައިފައެވެ. އަދި ލޭ ހަދިޔާކުރުމަށް ބާއްވާ ހަރަކާތްތަކަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ.

