އެމްޑީޕީގެ ޕްރައިމަރީގަައި މަޑަވެލި ދާއިރާގެ ޕްރައިމަރީގައި ވާދަކުރި އެދާއިރާގެ ރައީސް އިބްރާހިމް ނާފިޒް ( ޗިކާ ) ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިހާބުގައި ޗިކާ އާއިއެކު ދެން ވާދަކުރީ މުހައްމަދު ޝިހާމެވެ.
މަޑަވެލި ދާއިރާގެ ތިންރަށުގެ ފޮށިންވެސް ޗިކާވަނީ ބޮޑު އަގުލަބިއްޔަތެއް ނަގާފައެވެ. ހުރިހާ ވޯޓު ފޮށިތަކުން ޗިކާ ވަނީ 442 ވޯޓު ހޯއްދަވާފައެވެ.
އިންތިހާބުގެ ނަތީޖާއަށް ފަހު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ޗިކާ ވިދާޅުވީ މަޑަވެލި ދާއިރާގެ ރައްޔިތުން އޭނާއަށް ކުރެއްވި އިތުބާރަށް ހިތުގެ އިހުލާސްތެރި ޝުކުރު ދަންނަވާ ކަމަށާއި މާތް الله ގެ ވާގިފުޅާއި އެކު އޭނާ މަސައްކަތް ކުރާނީ ދާއިރާގެ ކުރިއެރުމާއި ފާގަތިކަމަށް ކަމަށެވެ.
އެހެންކަމުން ޕްރައިމަރީގައި އޭނާއަށް ވޯޓް ދެއްވި އެމްޑީޕީގެ ލޮބުވެތި މެމްބަރުންނަށް ޝުކުރު ދަންނަވާކަމަށެވެ.

