ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އަހަރީ ދުވަހާއި ގުޅުވައިގެން ކުނި ނަގާނެ ވަގުތުތައް ކަނޑައަޅައިފިއެވެ.
ކޮންމެ އަހަރެއްގެ ވެސް ފެބްރުއެރީ މަހުގެ 5 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ވެމްކޯގެ އަހަރި ދުވަހާއި ގުޅުވައިގެން މާލެ ސާފްތަނަކަށް ބޭއްވުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.
ޑިސްޕޯސަލްސައިޓްސްގެ ހިދުމަތް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ.
އެގޮތުން ވޭސްޓް ޓްރާންސްފާ ސްޓޭޝަން، ކުނި ނެގުމުގެ ހިދުމަތް އަދި ޑިސްޕޯސަލް ސައިޓްގެ ހިދުމަތް ދެވޭ ގަޑިތައްވެސް ވަނީ ކަނޑައަޅާފައެވެ.
- މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އަށް ކުނި ނަނގަނީ: ހެނދުނު 8:00 ހަވީރު 17:00
- މާލެ ހައުސްހޯލްޑް ކަލެކްޝަން ފަށަނީ މެންދުރު: 14:00 އިން ފެށިގެން ހަވީރު 17:00
- ކޯލް އެންޑް ޕިކަޕް ސާވިސް ކުރިއަށްދާނީ ހެނދުނު 9 ޖަހާއިރުން ފެށިގެން ހަވީރު 16:00
- ހުޅުމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: ހެނދުނު 8:00 އިން ފެށިގެ ނިމޭނީ ހަވީރު 17:00 އަށެވެ. 6. ހުޅުމާލޭ ހައުސްހޯލްޑް ކަލެކްޝަން: މެންދުރު 12 އިން ހަވީރު 17:00
- ޅުމާލޭ ހައުސްހޯލްޑް ކަލެކްޝަން (ފޭސް2 ) ހެނދުނު 7 އިން ފެށިގެ ހަވީރު 17:00
- ވިލިމާލޭ ހައުސް ހޯލްޑް ކަލެކްޝަން: މެންދުރު 14:00 އިން ފެށިގެން ހަވީރު 17:00 އަށް
- ތިލަފުށި ޑިސްޕޯސަލް ސައިޓް، ހެނދުނު 8:30 ފެށިގެން ހަވީރު 17:00
ޓްރާންސްފާރ ފެސިލިޓީސްގެ ހިދުމަތާއި އެކު ކުނި ނެނގުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުގައި އެކަނި ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

