ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި ތަންތަން އާބާދު ކުރާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން، ރައީސް ވިދާޅުވީ ރާއްޖޭގެ މިފަދަ އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފަށާފައިޥާ ކަމަށެވެ.
“އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކުރާނަން.” ރައީސް ވިދާޅުވިއެވެ.
މިގޮތުން އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ކުރިޔަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުން. ކަމަށާއި، ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް، ބިން ހިއްކުމާ، ގޯތި ދޫކުރުމާ، ފްލެޓް ބިނާކުރުމުގެ މަޝްރޫޢުތައް ވެސް މި އަހަރު ފަށާފައިވާ ކަމަށްވެސް ވިދާލުވިއެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަން ޖެހޭ ހޭދަ ލުއިކޮށްދެވޭތޯ ވެސް ސަރުކާރުން މިހާރުން ފެށިގެން އަންނަނީ ބަލަމުން. ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

