ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އެތައް ހާސް ބަޔަކު ރާއްޖޭގެ އެކި ޗެނަލް ތަކުން ވަޤުތުން ބަލާ އަޑު އަހަމުން ދިޔައިރު އޭގެ ތެރެއިން ގިނަ ބަޔަކު ދިޔައީ އެ މަނިކުފާނުގެ ބަޔާނުގައި ވިދާޅުވަމުން ގެންދެވި އުންމީދީ ވާހަކަފުޅުތަކަށް ތަޢުރީފު ކުރަމުންނެވެ.
ސަރުކާރާ ޙަވާލުވެލެއްވި އިރު ޤައުމު އޮތް ނިކަމެތި ޙާލުން ދުޅަހެޔޮ ޙާލަތަކަށް ގެންދަވަން އެކުލަވާލެއްވި ހަފްތާ 14 ގެ ތެރެއިން މިހާތަނަށް" ރަނުން ރަނަށް" ފުއްދެވި ކަންކަން ޤަބޫލު ކޮށް ޝުކުރާ ސާބަސް ކިޔަމުންނެވެ. ދިގު ނަމަވެސް އެހާ ފުރިހަމަ ބަޔާނެއް، ދިވެހި އެންމެހާ ރައްޔިތުންގެ ހިތްތައް އުފަލުން ބަންޑުން ކުރުވި ބަޔާން ގެ ވަޤުތު ނިމުން ދެން ފެނުނީ ރާއްޖޭގެ ގިނަ މީޑިއާ ތަކުގެ ފަލަ ސުރުޚީ ތަކުން އުފާވެރި ޚަބަރުތައް ފެތުރިގެން ދިޔަތަނެވެ ހަމަ އެއާ އެކު މުޅި ސޯޝަލް މީޑިއާ ގެ އެކި ޕްލެޓްފޯމް ތަކުންވެސް ފެނިގެން ދިޔައީ ރައީސް ޑރ މުއިއްޒު އަށް ސަނާ އާއި ތަޢުރީފެވެ.

ރައީސް ދެއްވި ފުރަތަމަ ރިޔާސީ ބަޔާންގެ ފުރިހަމަކަން ފާހަގަ ކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެމަނިކުފާނަށް ތަޢުރީފު ކުރައްވި ކުރެއްވުން ވެސް ވެގެން ދިޔައީ މިދެންނެވި ޙަޤީޤަތް ސާބިތު ވެގެން ދިޔަ ހެއްކެކެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖޭގެ އެންމެ މަތީ ފަންތީގައިވެސް ހިމެނިވަޑައިގަންނަވާ އެއް ވިޔަފާރިވެރިޔާ ޤާސިމް ވިދާޅުވީ، ޝައްކެތް ނެތް ގޮތުގައި މިހާތަނަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްޞީލީ، އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާން ކަމަށެވެ އަދި ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާނުގައި، ދިވެހި ޤައުމުގެ އިއްޔެ އާއި މިއަދުގެ ޙާލަތާއި އެކު، މާދަމާއަށް ކުރާ އުއްމީދުތަކާއި، ހޯއްދަވާނެ ޙައްލުތައް ވިދާޅުވެ ދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޤާސިމް އިބްރާހީމް ފާހަގަ ކުރެއްވިއެވެ.

ދިވެހި ޤައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލު ވާނެހެން ތަފާސް ހިސާބާއި ދިރާސާ އާއި އެކު މުހިންމު ކަންތައްތަކުގެ ތަޞައްވުރު ހިއްސާ ކުރައްވާފައިވާކަން ފާހަގަކޮށް، ރައީސް ޑރ މުއިއްޒު އަށް ޤާސިމް ވަނީ ތަޢުރީފު ކޮށްފައެވެ.
ޤާސިމް ފަދަ އެތައް ބޭފުޅުން މި މޭރުންވުން ރައީސަށް ތަޢުރީފުގެ ބަސްތައް އަމުނަމުން ދާއިރު ބައެއް ފަރާތްތަކުން ދަނީ އެ ބަޔާނާ މެދު ކުރެވޭ ފޮނި އުއްމީދުގައި އެބޭފުޅުންގެ ޝުޢޫރު ތައް ވެސް ފާޅު ކުރަމުންނެވެ.

އެގޮތުން ގިނަ ބަޔަކު ވިދާޅުވަނީ ޑރ މުއިއްޒު އާއި ކުރެވޭ އުންމީދަކީ ފާއިތުވި ތަނުގައި މާލެ ސިޓީ ކައުންސިލުގަ އާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޒަޢާމަތުގައި ނެރެދެއްވި ކާމިޔާބު ނަތީޖާ އަށް ބަރޯސާވެ ކުރާ އުންމީދެވެ.
ދައުލަތް ބޮޑު އަދަވަޅަކަށް ވެއްޓި ދަރަނީގެ ބޯ ކިސަޑުން ތަތްތެޅިފައިވާ ވަގުތަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލު ވެލެއްވި ވަގުތުން ފެށިގެން "ޕްރޯ މޯލްޑިވިއަނެއް" ގެ ސައްތަ އިންސައްތަ ވިސްނުމާއި ފިކުރު ގައި މަސައްކަތް ފައްޓާވާ އިއްޔެ އެ ދެއްވި ތަޤުރީރު ވެގެން ދިޔައީ ރައްޔިތުން ގެ ފޮނި އުންމީދަކަށެވެ.

ދިވެހިރާއްޖޭގެ ރަށް ރަށުގެ ތަރައްޤީ އާއި ހުރިހާ ފަރުދުންގެ ކުރިއެރުން އިސްލާމީ ވަޙްދަތާއި ޤައުމިއްޔަތު މުޅިން އާއުސްމިނަކަށް ގެންދަން ކުރަހާލި އުއްމީދީ ތަސްވީރަކަށެވެ. ކުލަ ޖެހެން ފަށާފައިވާ ޗާލު މަންޒަރަކަށެވެ.

