ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުލިއާ ގެއަށް ބަދަލުވެ ވަޑައިގެންފިއެވެ.
ރައީސް މުލިއާ ގެއަށް ބަދަލުވެވަޑައިގެންފައިވަނީ މުލިއާގެ ވަރަށް ބޮޑަށް މަރާމާތު ކުރުމަށްފަހުގައެވެ. ވެރިކަމަށްފަހު އެމަނިކުފާނު ގެ އަމިއްލަ ގެ ކޮޅުގައި ތިންމަސްވަންދެން މަޑު ކުރެއްވި އެވެ.
ކުރީގެ ރައީސް މައުމޫނު އަބަދުލް ގައްޔޫމް އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވެރިކަމުގައި ދިރި އުޅުއްވީ މުލިއާ ގޭގައެވެ.
ނަމަވެސް ރައީސް ޔާމީން އަބްދުލް ގައްޔޫމް މުލިއާގޭގައި ދިރިއުޅެފައެއް ނުވެއެވެ. ރައީސް ޔާމީން އުޅުއްވީ އަމިއްލަ ގެކޮޅު ހ. ދޫވެހީ ގައެވެ.
މުލިއާގެ އަކީ އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާ ކޮށްފައިވާ ބިނާއެކެވެ.

